ޚަބަރު
ކުޑަގިރީގައި ހުރި ދަތިކަންތައްތައް ހައްލުކުރާނަން: ސަރުކާރު
ކުޑަގިރި

ކުޑަގިރީގައި ހުރި ދަތިކަންތައްތައް ހައްލުކޮށްގެން މިހާރަށްވުރެ ބޮޑަށް ތަރައްގީކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި އެތަނުގައި މިހާރު ހުރި ވަސީލަތްތައް މަދުވުން ފަދަ ޝަކުވާތަކަށް ސަރުކާރުން ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

“ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި. މިހާރުހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ލިބޭގޮތަށް ސަރުކާރުން ތަރައްގީކުރާނެ”

ކުޑަގިރިއަކީ ނިިމިދިޔަ އެމްޑީޕީ ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ތަރައްގީކުރި ޕިކްނިކް އައިލެންޑެކެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top