މާދަމާއަކީ ރަމަޞާން މަހުގެ ފަހު ދުވަސް ކަމަށާއި، މިއަހަރުގެ ބަރާކަތްތެރިވެގެންވާ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިރޭ ރާއްޖޭގައި ހަނދު ސާބިތު ކުރާ ކޮމެޓީން އިސްލާމިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ، މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައި ނިންމާފައެވެ.

ހަނދު ސާބިތުކުރަން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމަށް ފަހު އިއްވި ބަޔާނުގައިވަނީ މިރޭ އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާތީ އާއި ރާއްޖޭގައި މިހާތަަނަށް ވެސް އަމަލުކުރާ އުސޫލުގެ މަތިން މާދަމާ އަކީ މިއަހަރުގެ ފިތުރު އީދުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅީ ކަމަށެވެ.

އެބަޔާނުގައި ބުނީ، މިއަދު އިރިއޮއްސުނު އިރު ރާއްޖޭގެ އެކި ހިސާބުތަކަށް އަދި އިސްލާމީ ގިނަ ގައުމަތަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައިވާ ކަމަށް އިތުބާރު ހިފޭ ފަލަކީ ހިސާބުތަކުން ދައްކާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *