ރ. ރަސްގަތީމުގެ އިންޖީނުގޭގައި ހުރި ދެ ޖަނަރޭޓަރ ހަލާކުވެ މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.

"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ މެންބަރެއް ކަމަށްވާ އަލީ ހަމީދު ވިދާޅުވީ، ރަށުން ކަރަންޓް ކެނޑިފައިވަނީ ރޭގެ ފަތިހުން ފެށިގެން ކަމަށެވެ.

އަދި ކަރަންޓް ކެނޑުނީ ރަށަށް ކަރަންޓް ދޭން ބޭނުން ކުރާ 180 ކިލޯ ވޯޓުގެ ޖަނަރޭޓަރާއި، 160 ކިލޯ ވޯޓުގެ ޖަނަރޭޓަރ ހަލާކުވުމުން ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އިންޖީނުތަކަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ފެނަކައިން މަސައްކަތް ކުރަމުން އަންނައިރު، އަލުން އަނބުރާ ކަރަންޓް ދެވޭނެ އިރެއް ނޭނގޭ ކަމަށް ފެނަކަ އާއި ހަވާލާދީ އަލީ ހަމީދު ވިދާޅުވެފައިވެއެެވެ.

"ފެނަކައިން ބުނީ އަދި ނޭނގެއޭ ވަކި އިރެއް ކަރަންޓް އަލުން ދެވޭނެ ކަމުގެ. މިރޭވެސް ހިޔެއް ނުވޭ ދެވޭވަރުވާނެހެން" އަލީ ހަމީދު ވިދާޅުވިއެވެ.

އަލީ ހަމީދު ވިދާޅުވީ، ކަރަންޓް ކެނޑިފައި އޮތުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. 

ރަސްގަތީމުން ކަރަންޓް ކެނޑިފައިވާއިރު މިމަހުގެ ކުރީކޮޅުގައިވަނީ ރާއްޖޭގެ ގިނަ ރައްތަކުން ކަރަންްޓް ކެނޑޭތީ އެކަމުގެ ޝަކުވާ ބޮޑުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *