އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ކަމަކާއި ނުލައި ކޫސަނިކަންތައްތަކަށް ހީ ސަމާސާކޮށް ހަދާ މީހުންނެވެ. ނަމަވެސް މާ ގަދައަށް ހުނުމަކީ ރަނގަޅުނ ކަމެއް ނޫނެވެ. އެކަމަށް ބާރު ލިބޭ ދަލީލްތައް ޤުރުއާނާއި ސުންނަތުގައިވެއެވެ.
މާތްﷲ އިންސީންނާއި ޖިންނީން އުފެއްދެވީ، މާތްﷲ އަށް އަޅުކަން ކުރުމަށެވެ. މަޖަލާއި ސަކަރާތުގައު ހަޔާތުގެ ދުވަސްތައް ބޭކާރު ކުރުމަކަށް ނޫނެެވެ. ކީރިތި ޤުރުއާނުގެ الأنبياء ސޫރަތުގެ 16 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވައެވެ
“وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ”
މާނައީ: "ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެ."
މާގަދައަށް ހުނުމަކީ ރަސޫލާ ނަފްތަރުކުރެއްވި ކަމެކެވެ.
ކީރިތި ރަސޫލާ صلى الله علىه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
"ތިމަން ކަލޭގެފާނަށް އެނގިލައްވާއެއްޗެހި ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ ތިޔަބައިމީހުން ހުނީހީ މަދުންނެވެ. އަދި ވަރަށް ގިނައިން ތިޔަބއިމީހުން ރޮއެހަދާނެތެވެ"
އަދި ރަސޫލާ صلى الله علىه وسلمގެ އިތުރުން އެކަލޭގެފާނުގެ އަސްހާބު ބޭކަލުންނާއި އޭގެ ފަހުގައި އައި ދީނީ އިލްމުވެރިންވެސް އެހާ ގަޔާވާ ކަމެއް ކަމުގައި މާ ގަދައަށް ހުނުން ނުވެެއެވެ.
އޭގެ ހެއްކަކީ ޙަސަން އަލް ބަސަރީ މާ ގަދައަށް ހީ އަޑުގަދަކޮށް ހެދި މީހަކު ފެނިގެން އެމީހާއަށް ކުރި ސުވާލެވެ.
މިގޮތުން އެއްދުވަހަކު މަގުމަތީގައި ހުރި ޒުވާނަކު މާގަދަޔަށް ހީ ސަމާސާކޮށް ހަދާތަން ފެނިވަޑައިގެން އެތަނުގައި އެކަލޭގެފާނު މަޑު ކުރެއްވިއެވެ. އަދި އެމަންޒަރު ބައްލަވަން ހުންނަވާފައި އެޒުވާނާގެ ކައިރިއަށް ދުރުވެ ސުވާލު ކުރެއްވިއެވެ. "އޭ ޒުވާނާއެވެ، ކަލޭ ޞިރާތުމަގު ހުރަސްކުރީތޯއެވެ؟ ކަލޭ ވަންނާނެ ތަނަކީ ސުވަރުގެކަން ފަހެ ކަލެއަށް އެނގުނީތޯއެވެ؟" ޒުވާނާ ޖަވާބުގައި ނޫނެކޭ ބުނުމުން ދެންނެވިއެވެ. "އެހެން ކަމުގައިވަނީނަމަ ކަލޭ މާގިނައިން ހީ ސަމާސާކޮށްތިހަދަނީ އަޅެފަހެ ކޮން އުފަލެއް ކަލެއަށް ޙާޞިލްވެގެންތޯއެވެ؟"
އިސްވެ ދިޔަ ހާދިސާއިންވެސް އެނގެނީ މާ ގަދައަށް ހުނުމަކީ އެކަމުގެ ގެއްލުން ހުރިކަމެއްކަމެވެ. އަދި އެކަމަކީ މުސްލިމަކަށްވެ ހުރެ ކޮށްގެންވާނެ ކަމެއް ނޫންކަމެވެ.