ވޯލްޑް ޓްރެވެލް އެވޯޑްސްގެ އެންމެ ރޮމޭންޓިކް މަންޒިލަކަށް ރާއްޖެ އަނެއްކާވެސް ހޮއްވިއްޖެއެވެ.
މޮރިޝަޝްގައި ބޭއްވި މި ހަފްލާގައި އެންމެ ރޮމޭންޓިކް މަންޒިލްގެ އެވޯޑް ރާއްޖެއަށް ލިބުނީ އިންޑިއާ ކަނޑުގެ ކެޓަގަރީންނެވެ.
"އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން"ގެ ނަމުގައި ދީފައިވާ މި އެވޯޑަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ހޮވާލެވޭ އެންމެ "ރޮމޭންޓިކް" ރިސޯޓުތައް އެކުލެވޭ ގައުމަކަށް ދޭ އެވޯޑެކެވެ.
އިންޑިއާ ކަނޑުގެ އެންމެ ރޮމޭންޓިކް މަންޒިލަކަށް ރާއްޖެ ހޮވިފައިވާއިރު މިދިޔަ އަހަރުވެސް އެ ޝަރަފު ލިބިފައިވަނީ ރާއްޖެއަށެވެ.
ރާއްޖޭގެ އެންމެ "ރޮމޭންޓިކް" ރިސޯޓުގެ އެވޯޑު 2017 އަދި 2018 ވަނަ އަހަރު ލިބުނީ ހުވަފެންފުށި ރިސޯޓަށެވެ.