ޚަބަރު
ޓްރާންސްފޯމަރުތަކުން ވައްކަން ކުރާތީ ސްޓެލްކޯގެ ކަންބޮޑުވުން

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލަމުން ވެސް އަންނަ ކަމަށެވެ.

މީގެ އިތުރުން ޓްރާންސްފޯމަރުގެ އެކިއެކި ބައިތައް ވަގަށް ނަގާކަން ފާހަގަ ކުރެވިފައިވާކަމަށްވެސް ފަހުމީ ވިދާޅުވި އެވެ. އަދި މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ކުރީ ރޭ ފަތިހާއި ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ވެސް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާ ގުޅިގެން ކަމަށެވެ.

މިއީ މިކަން ކުރާ ފަރާތްތަކަށް ވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް.

ކަރަންޓުގެ ހިދުމަތަށް މިކަމުގެ ސަބަބުން ބުރޫ އަރާކަން ފާހަގަ ކުރައްވަމުން ފަހުމީ ވަނީ އެފަދަ ކަންކަން ހުއްޓުވައިދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.

ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމަކީ އެކަން ކުރާ މީހަކަށްވެސް ބޮޑު ނުރައްކަލެއްކަން ފަހުމީ ފާހަގަ ކުރައްވާފައިވާއިރު މިދިޔަ އަހަރުގެ ތެރޭ ކަރަންޓު ނަރުތަކެއް ގެއެއްގެ ތެރެއިން ވަގަށް ނަގަން އުޅުނު މީހަކު ވަނީ ކަރަންޓުގައި ޖެހި މަރު ވެސް ވެފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top