ގދ. މަޑަވެލީގައި ދޮންބައްޕައަކު، 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފީޝަލް "ޖަޒިރާ ނިއުސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ހިމެނެނީ ކުޑަކުދިން ކަމުން މައްސަލައާއި ގުޅުން ހުރި އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން ޖަޒީރާ ނިއުސް އަށް މައުލޫމާތު ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، މެއި 20 ވަނަ ދުވަހު ގދ އަތޮޅުގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުންނާ ގުޅިގެން އިތުރަށް ބަލަމުންދާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *