މިދިޔަ ހަފްތާގައި, ރާއްޖޭގެ އެކި ރަށްތަކަށް ކުރި ވިއްސާރައިގައި، ގެއްލުން ލިބުނު ރައްޔިތުންނަށް އެހީވުމާއި ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެއް ބަހުސް ފަށައިފިއެވެ.

މި މައްސަލައަށް ބަހުސް ކުރުމަށް މެންބަރުންނަށް ފެންނަ ކަމަށް ނިންމެވީ، ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ މެންބަރުން ކުރެ އައްސަވައިގެންނެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ހުޅަނގު މޫސުމުގައި ރާއްޖޭގެ ކުރިހާ ކަންކޮޅުތަކަކަށް ކުރި ވިއްސާރާގައި ގިނަ ރަށްތަކަށް ބޮޑެތި ގެއްލުން ލިބި، ބައެއް އާއިލާތައް ހާލުގައިޖެހިފައިވާ ކަމަށެެވެ.

ޖާބިރުވަނީ އެ ހާދިސާތަކުގައި ރައްތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ބަލައި، ގެއްލުންވި ގެދޮރާއި، ހަލާކުވެދިޔަ ހިފާގެންގުޅޭ ސާމާނުގެ ތަފްސީލް ހޯދައި އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް އެދިފައެވެ.

މިދިޔަ ހަފްތާގައި ވަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ހާއްސަ ގޮތެއްގައި ލާމު އަތޮޅު މާމެންދޫއަށް ލިބުނު ގެއްލުން ބޮޑެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *