ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅަކީ މާދަމާ ފަށާ ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި 4 ވަނަ ޖަރމަން-އޭޝިއަން ބިޒްނަސް ޑައިލޮގްގައި ވެސް މިނިސްޓަރު ޝާހިދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓަރ ޝާހިދުވަނީ ސައުދީ އަރަބިއްޔާގައި އޮތް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ 14 ސަމިޓުގައި ބައިވެރިވެ ތަގުރީރުވެސް ކުރައްވާފައެވެ.