ރައްޔިތުންގެ މަޖިލީސް ތެރެއިން ޖުޑިޝަރީ އިސްލާހުކުރުމަށް މަސައްކަތް ކުރާނެ ކަމަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެެވެ.

ސަންގު ޓީވީގެ ފުމެން ތައްޔާރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖާބިރު މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މީގެ ކުރިން އެހެން ވިދާޅުވެފައެވެ.

"މި ރާއްޖޭގެ ޖުޑިޝަރީ ރަނގަޅު ކުރާށޭ ކިޔައިގެން އަނެއްކާވެސް ބާރުތަކެއް ދަމައިގަންނަން އެ އުޅެނީ. އެކަން ހުއްޓުވާލަން އެބަޖެހޭ މިހާރުން މިހާރަށް. ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން މިފަހަރު އެކަން ހުއްޓުވާނަން،" ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން ޖާބިރު ވަނީ އެކަމާ ފާޑުވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ ޖުޑިޝަރީ މިނިވަން ނުވެގެން އުޅެނީ އެފަދަ ކަންކަމާ ހެދި ކަމަށެވެ.

"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދަކީ ވަރަށް އިހުލާސްތެރި ބޭފުޅެއް. ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމަނިކުފާނު އިންނަވައިގެން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރަކަށްވެސް އިންނަވައިގެން އެ ކޮމިއުނިކޭޝަން އެގޮތަށް ހިނގީމަ އަޅުގަނޑުމެންގެ ތެރޭގައި ޖުޑިޝަރީ އިންޑިޕެންޑެންޓް ނުވެގެން މިއުޅެނީ،" އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިހާރު ފަނޑިޔާރުން ވަކިކުރާ ހިސާބަށް ދިޔައީ ކަމަށާއި ފުރަތަމަ ހުށަހަޅަންވީ ކަންކަން އިސްލާހުކުރުމަށްޓަކައި ހުރި ޕްރޮގްރާމުތައް ކަމަށެވެ. އެގޮތުން ސުލޫކީ މިންގަނޑު ބަލަންޖެހެނީ ހަމައެކަނި އަބްދުﷲ ދީދީގެ ނޫންކަން ފާހަގަކޮށް ޖާބިރު ވިދާޅުވީ އެންމެންވެސް ސުލޫކީ މިންގަނޑަށް ބަލަންޖެހޭ ކަމަށެވެ. 

ފާހަގަކޮށްލަންޖެހޭ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައުމަށް އަދި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރި ކެމްޕޭނުގެ ތެރޭގައި އެބޭފުޅުންވެސް އެންމެ ގަދަޔަށް ދެއްކި އެއްވާހަކަަ އަކީ ޖުޑިޝަރީ އިސްލާހްކުރުމުގެ ވާހަކައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *