ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2005 ގައި ގެނެސް ދިން ކާމިޔާބު ފިލްމު "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައި ހަދަން ތައްޔާރުވަމުން ދަނިކޮށް، ސީކްއެލް ޑައިރެކްޓް ނުކުރަން ޝާދު އަލީ ބުނެފި އެވެ.
ބޮލީވުޑް ހަންގާމާއަށް އޭނާ ވަނީ "ބަންޓީ އޯރް ބަބްލީ އެގެއިން" ޑައިރެކްޓް ނުކުރާކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ. ނަމަވެސް ޝާދުގެ ބަދަލުގައި އެ ފިލްމު ޑައިރެކްޓް ކުރާނެ މީހަކު އަދި ނޭނގެ އެވެ.
ވައިއާރްއެފަށް ކާމިޔާބު ފިލްމު "ސާތިޔާ" ވެސް ހަދައި ދިން ޝާދު އެންމެ ފަހުން އެ ސްޓޫޑިއޯ އަށް ޑައިރެކްޓް ކުރީ 2014 ގެ ފްލޮޕް ފިލްމު "ކިލް ދިލް" އެވެ.