ސައިތާއަކީ އިންސާނުން ހެޔޮމަގުން ދުރުކުރުމަށް އަބަދުވެސް މަސައްކަތް ކުރާ މަހުލޫގެކެވެ. ސައިތާނާއަކީ އިންސާނުން މަގުފުރައްދާ މަހުލޫގެކެވެ. މުސްލިމުން ވާންވާނީ ސައިތާނާގެ އަމަލުތަކުން ދުރުހެލިވެ ތިބޭ ބަޔަކަށެވެ.

ޝައިތާނާގެ ބައެއް އަމަލުތައް

ކާއިރު ވެއްޓޭ އެތިކޮޅު ނުނަގައިފިނަމަ އެއެތިކޮޅު ކެއުން

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”إِذَا سَقَطَتْ لُقْمَةُ أَحَدِكُمْ فَلْيُمِطْ عَنْهَا الأَذَى وَلْيَأْكُلْهَا وَلاَ يَدَعْهَا لِلشَّيْطَانِ“ (رواه مسلم)

މާނައީ: "ތިޔަބައިމީހުން ކުރެ މީހަކު ކާން އިން އެތިކޮޅު ވެއްޓިއްޖެނަމަ އޭގައި އުނގުޅުނު އެއްޗެއް ފުހެލައި ކާލާށެވެ. އެއެތިކޮޅު ޝައިޠާނާއަށް ދޫކޮށްނުލާށެވެ"

އެއްޗެއް ދޭއިރު ވާއަތުން ހިފުމާއި ވާއަތުން ދިނުން

‏ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ لِيَأْكُلْ أَحَدُكُمْ بِيَمِينِهِ وَلْيَشْرَبْ بِيَمِينِهِ وَلْيَأْخُذْ بِيَمِينِهِ وَلْيُعْطِ بِيَمِينِهِ فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِشِمَالِهِ وَيُعْطِي بِشِمَالِهِ وَيَأْخُذُ بِشِمَالِهِ “ (رواه أحمد وابن ماجه وصححه الألباني)

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު ކާއިރު ކަނާއަތުން ކާށެވެ. އަދި ކަނާއަތުން ބޯށެވެ. އަދި (އެއްޗެއް ދޭއިރު) ކަނާއަތުން ހިފާށެވެ. އަދި ކަނާއަތުން ދޭށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާ ކަނީ ވާއަތުންނެވެ. އަދި ބޮނީވެސް ވާއަތުންނެވެ. އަދި (އެއްޗެއް ދޭއިރު) ދެނީ ވާއަތުންނެވެ. އަދި ހިފަނީ ވެސް ވާއަތުންނެވެ."

ވާތުން ކެއުމާއި ބުއިން

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. "إِذَا أَكَلَ أَحَدُكُمْ فَلْيَأْكُلْ بِيَمِينِهِ وَإِذَا شَرِبَ فَلْيَشْرَبْ بِيَمِينِهِ فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِشِمَالِهِ ‏‏“ (رواه مسلم)

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު ކާއިރު ފަހެ ކަނާއަތުން ކާށެވެ. އަދި ބޯނަމަ ކަނާއަތުން ބޯށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާ ކަނީ ވާއަތުންނެވެ. އަދި ބޮނީވެސް ވާއަތުންނެވެ."

އެއްފައިވާން ކިބައިގައި ހިނގުން

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. " لاَ يَمْشِ أَحَدُكُمْ فِي نَعْلٍ وَاحِدَةٍ لِيُنْعِلْهُمَا جَمِيعًا أَوْ لِيَخْلَعْهُمَا جَمِيعًا“ (رواه البخاري ومسلم)

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު އެއްފައިވާންކިބައިގައި ނުހިނގާށެވެ. ދެކިބަޔަށް އަރާށެވެ. ނުވަތަ(ދެކިބަ ނެތްނަމަ) ފައިވާނަށް ނާރާށެވެ."

އިބްނުލް ޢަރަބީ ވިދާޅުވެފައިވެއެވެ. "ބުނެވޭގޮތުގައި (އެއްފައިވާންކިބަޔަށް އަރައިގެން ހިނގުން) ނަހީކުރައްވާފައިވުމުގެ ސަބަބަކީ އެއީ ޝައިޠާނާގެ ހިނގުން ކަމުގައިވާތީއެވެ."

މަސްދަރު: އިލްމް. އެމްވީ، ސަލަފިއްޔާ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *