ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަޖިލީހަށް ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށްދޭން މަޖިލީހުގައި އެދިވަޑައިގެންނެވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ފޮރިން މިނިސްޓަރާއި ސުވާލުކުރަން ހުށަހަޅާފއި ވަނީ ރާއްޖެ އާއި ގަތަރާއި ދެމެދު އޮތް ގުޅުމާއި ބެހޭ ގޮތުންނެވެ. އަދި އެޓާނީ ޖެނެރަލް ހާޒިރުކުރަން އެދުނީ ކުންފުންޏަކަށް 78 މިލިއަން ރުފިޔާ ދޭން ޖެހުނު މައްސަލައިގައެވެ.

މިިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ގަތަރާއި ރާއްޖެއާ އޮތް ގުޅުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރާ ސުވާލު ކުރައްވަން ބޭނުންފުޅު ކަމަށާއި، އެ ގައުމާ ގުޅުން ބަދަހި ކުރުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެއްތޯ ސުވާލު ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. 

އެޓާނީ ޖެނެރަލް މަޖިލިހަށް ހާޒިރުކުރަން އެދިފައިވަނީ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް ދައުލަތުގެ މީޑިއާއިން ދޭން ޖެހޭ ފައިސާ ނުދީ ހުރުމުން، ޖޫރިމަނާއާއެކު 78 މިލިއަން ރުފިޔާ ދޭން ޖެހުމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *