ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މަޖިލީހުގެ އަމީން އާންމު މަރިޔަމް ނިއުޝާ ވިދާޅުވީ، ބޮޑުވަޒީރު މޯދީ މަޖިލީހުގައި ތަގުރީރުކުރައްވާ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައި ކަމަށެވެ.
މޯދީއަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަން ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ރުހުން ދީފައިވާއިރު ނިއުޝާ އިތުރަށް ވިދާޅުވީ މޯދީ ތަގުރީރު ކުރައްވާ ޖަލްސާ އަކީ އެންމެ ފުރިހަމަ ޖަލްްސާއަކަށް ހެދުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
ނިއުޝާ ވިދާޅުވީ ބޮޑުވަޒީރު މޯދީ ތަގުރީރުކުރައްވާ ޖަލްސާއަށް ކެބިނެޓުގެ މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބަވާ ބޭރުގެ ހުރިހާ ސަފީރުންނަށް ދައުވަތު އަރުވާނެ ކަމަށެވެ.