ސުލޫކީ މިންގަނޑާއި ހިލާފުވި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދިވަޑައިގެންފިއެވެ.

ސުލޫކީ މިންގަނޑާއި ހިލާފުވި މައްސަލައިގަ، ބަލައިދިނުމަށް އެދިފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލީހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެވަޑައިގެންފައިވާކަމަށް ބަޔާންކުރައްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީގެ މައްސަލަ ބައްލަވައިދެއްވުން އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *