ގދ. މަޑަވެލީގެ 22 ހައުސިން ޔުނިޓަކަށް ޔުޓިލިޓީގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވަލޮޕްމަންޓް އިން ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފެނަކައިގައި މިއަދު އެކަމަށް ހާއްސަކޮށްގެން ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުމުގެ ދަށުން މަޑަވެލީގެ 22 ހައުސިން ޔުނިޓަކަށް ބޭނުންވާ ނަރުދަމާ އާއި ކަރަންޓު އަދި ފެނުގެ ސަޕްލައި ސިސްޓަމް ގާއިމް ކުރާނީ ފެނަކައިންނެވެ.
ފެނަކަ އިން ދަނީ ރާއްޖޭގެ ރަށްތަކަށް ކަރަންޓާއި، ފެނާއި ނަރުދަމާގެ އެންމެ އަސާސީ ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.