ކޫލް އެންޑް ކޫލްގެ އާ ޕްރޮޑަކްޓްތަކެއް ލިލީ އިންޓަރނޭޝަނަލްއިން މިއަދު ރާއްޖެއަށް  ތައާރަފްކޮށްފިއެވެ.

ލިލީ އިން މިއަދު  ތައާރަފްކުރި ކޫލް އެންޑް ކޫލްގެ އާ ޕްރޮޑަކްޓްތަކުގެ ތެރޭގައި ހޭންޑް ސެޓިނަޓިޒަރގެ އިތުރުން ފޭޝަލް ސްކްރަބް ހިމެނެއެވެ.

ލިލީ  އިން ދަނީ 2014 ވަނަ އަހަރުން ފެށިގެން ކޫލް އެންޑް ކޫލްގެ ޕްރޮޑަކްޓްތައް ރާއްޖެ އެތެރެކޮށް ވިއްކަމުންނެވެ.

ލިލީ އިންޓަރނޭޝަނަލްގެ މާކެޓިން މެނޭޖަރ މުހައްމަދު ތަސްލީމް ވިދާޅުވީ ލިލީއިން ތައާރަފްކުރި ޕްރޮޑަކްޓް ތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޕްރޮޑަކްޓް އަކީ ހޭންޑް ސެނިޓައިޒަރ ކަމަށާއި އެއީ ކޮލެޓީ ރަނގަޅު  ހޭންޑް ސެނިޓައިޒަރ އެއް ކަމަށެވެ.

ކޫލް އެންޑް ކޫލް އަކީ 1992ވަނަ އަހަރު ޔޫއޭއީއިން ތައާރަފް ކުރި ބްރޭންޑްއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *