ސްރީލަންކާގެ ރިޔާސީ އިންތިހާބު ޑިސެމްބަރު 7 ގައި ބާއްވާ ގޮތަށް އެގައުމުން ނިންމައިފިއެވެ.

އެގައުމުގެ ރައީސް ސިރިސޭނާ ވިދާޅުވީ، މިއަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އެގައުމުގައި އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

"އަދި ސިޔާސީ އެއްވެސް ޕާޓީއަކުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ކަނޑައެއް ނާޅާ. އަޅުގަނޑު ވެސް މިކަމުގައި މާ އަވަސްކޮށްލައިގެން އަދި ގޮތެއް ނިންމާކަށް ނެތިން،" އިންޑިއާގައި އޮތް ބައްދަލުވުމެއްގެ ހަވާސާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސިރިސޭނާ ވިދާޅުވިއެވެ.

ރައީސް ސިރިސޭނާގެ ރިޔާސީ ދައުރު ނިމެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހަށެވެ. އަންނަން އޮތް ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު އަދި ކުރީގެ ޑިފެންސް ސެކެޓްރީ ގޯތާބަޔާ ރާޖަޕަކްސަ އެކަންޏެވެ.

އޭޕްރީލް މަހު ލަންކާގެ ބައެއް ފައްޅިތަކާއި ހޮޓާތަކުގައި ބޮން ގޮއްވައި އެތައް ބަޔަކު މަރުވި ހަމަލާތަކާ ގުޅިގެން ސިރިސޭނާ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *