އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 15 ވަނަ ދުވަހު އޮންނާނެ ކަމަށް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

ހޮޓެލް ޖެންގައި  ބާއްވާ އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މީހުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވާން ޖެހެ އެވެ.

އެމްޓީސީސީން  ވަނީ އެ ކުންފުންނަށް މިދިޔަ އަހަރު  ސާފު ފައިދާގެ ގޮތުގައި ލިބުނު 34 މިލިއަން ރުފިޔާ ހިއްސާދާރުންގެ މެދުގައި ނުބެހުމަށް ނިންމައިފައެވެ. އެއީ ކުންފުނީގެ ފައިދާ ވަރަށް ބޮޑަށް ދައްވުމާއި ގުޅިގެންނެވެ.

އެ ކުންފުންޏަށް ލިބުނު ފައިދާ ވަނީ 2017 ވަނަ އަހަރަށް ވުރެ 111 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އެ ނިންމުން އަހަރީ އާންމު ޖަލްސާގައި އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީން ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާ ނުބަހަން ނިންމި އިރު 2017 ވަނަ އަހަރު އެ ކުންފުނީގެ ފައިދާ އިން ހިއްސާ އަކަށް 2.60ރ. ގެ މަގުން ބަހާފައިވެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *