ރިސޯޓެއްގެ ދެމެދު އަޅާފައިވާ އެންމެ ދިގު ބުރިޖާއެކު، ގއ. ދިގުރަށް ރިސޯޓު އިއްޔެ ހުޅުވައިފި އެވެ.
ސިންގަޕޫރުގެ ބޮނަވިސްޓާ ކުންފުނިން ތަރައްގީކޮށްފައިވާ މި ރިސޯޓުގެ އަމަލީ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) އިންނެވެ. އެޗްއާރުސީއަކީ ބޮނަވިސްޓާ ކުންފުނިން ރާއްޖޭގައި ހިިންގާ ވިޔަފާރީގެ މަސައްކަތްތަކުގެ އެއް ޕާޓްނަރެވެ.
ދަ ރެސިޑެންޓް މޯލްޑިވްސް އެޓް ދިގުރަށުގެ ނަމުގައި މި ރިސޯޓުގެ ސޮފްޓް އޯޕެނިން އަށް ފަހު ފުރަތަމަ ފަތުރުރިޔާއަށް އެ ރިސޯޓުން އިއްޔެ މަރުހަބާ ކިޔާފައިވާއިރު، އެ ރިސޯޓަށް ފުރަތަމަ އައިސްފައިވަނީ ތައިވާނުގެ ދެމެފިރިންނެވެ.
ދިގުރަށް ރިސޯޓުގައި 173 ކޮޓަރި ހުންނައިރު މިއީ ދިވެހި އެއް ކޮންޓްރެކްޓަރަކު މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު އެވެ
ގާތްގަނޑަކަށް 1.5 ކިލޯ މީޓަރުގެ ދިގު ބްރިޖަކުން ގުޅާލާގައިވާ ރެސިޑެންސް މޯލްޑިވްސް ދިގުރަށް މެނޭޖުކޮށް ބަލަހައްޓަނީ މަޝްހޫރު ހޮޓެލް ބްރޭންޑް ސެނިޒާރޯ އިންނެވެ.
ރާއްޖޭގައި މިހާރު 140 ރިސޯޓެއް ހިންގަމުން އަންނައިރު މި އަހަރުގެ މިހާތަނަށް 11 ރިސޯޓެއް ވަނީ ހުޅުވާފަ އެވެ.