މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދުގެ ހުސައިން ޝަރީފު އަވަހާރަވެއްޖެއެވެ.
ސަރުކާރުގެ އިސް ބައެއް މަގާމުތައް ކުރިން ފުރުއްވި ހުސެއިން ޝަރީފު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ދެނިކޮށް މިއަދެވެ. އޭގެ ކުރިން އައިޖީއެމްއެޗްގެ އައިސީޔޫގައި ވެސް ފަރުވާ ދިނެވެ.
ހުސައިން ރަޝީދު ވަނީ 40 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާފައެވެ. އޭގެތެރެއިން ވެސް ހުސައިން ޝަރީފު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގައެވެ. މީގެ އިތުރުން އޭނާ ވަނީ ފޮރިން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވާފައެވެ.
ހުސެން ޝަރީފަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ހުސެން ޝަރީފު (މުންދު)ގެ ބައްޕާފުޅެވެ.