ހަށިގަނޑުގެ ބަރުދަން ލުއިކުުރުމަކީ، ހަށިގަނޑުގައި އުފެދޭ ސަރުބީ ވިރުވުމެވެ. ހަށިގަނޑުގައި ސަރުބީ އުފެދޭ މިންވަރަށް ވުރެ އެ ވިރުވާ މިންވަރު އިތުރުކުރުމެވެ. ބައެއް މީހުން ކަސްރަތާއި ނުލައި ވެސް ހަށިގަނޑުގެ ބަރުދަން ލުއިކޮށްލައެވެ.

ކަސްރަތު ކުރުމުގެ ސަބަބުން ހަމައެކަނި ލިބޭ ފައިދާއަކީ ބަރުދަން ލުއިވުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުންވެސް ކަސްރަތުކުރުމުގެ ސަބަބުން، މުސްކުޅިވާކަން މޫނުމަތިންނާއި، ހަށިގަނޑުން ފާޅުވާލެއް ލަސްވެ، ރަނގަޅު މޫޑެއްގައި ހުރުމަށްވެސް އެހީތެރިވެއެވެ. އެހެން ކަމުން ކަސްރަތު ނުކޮށް އުޅެން ބޭނުންވާނީ ވަކި ކާކުހެއްޔެވެ؟

ތިބޭފުޅުން ބޭނުންވަނީ ހަމައެކަނި ހިކެން ނަމަ، ކަސްރަތު ކުރުން މުހިންމުވާ ދެ ސަބަބެއް ވެއެވެ. އަދި ހާއްސަކޮށް ކަސްރަތު ކުރަނީ، ކަސްރަތު ކުރުމަށް އެންމެ ރަނގަޅު ވަގުތުގައިކަމުގައި ވާނަމަ، އަދި މާ މުހިންމެވެ.

ފުރަތަމަ ސަބަބަށް ބަލައިލަމާ ހިނގާށެވެ. ބެލްޖިއަމްގެ ތަޖުރިބާކާރުން، ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. އެމީހުން ކުރިކަމަކީ، އެ ދިރާސާގައި ބައިވެރިވެ ބައިވެރިންގެ ތެރެއިން އެއް ބަޔަކަށް  އާއްމުކޮށް ކާ މިންވަރަށް ވުރެ 30 އިންސައްތަ އިތުރަށް ކެލޮރީސް ހިމެނޭ ކެއުންތައް ކާންދިނެވެ. އަދި ދެން ތިބި މީހުންނަށް، އާއްމުކޮށް ކާ މިންވަރަށް ވުރެ 50 އިންސައްތަ އިތުރަށް ފެޓްސް ހިމެނޭ ކެއުންތައް ކާން ދިނެވެ. އަދި އެއަށްފަހު އެ އެންމެން ތިން ގުރޫޕަކަށް ބަހައިލިއެވެ. ފުރަތަމަ ގުރޫޕު އެއްވެސް ވަރަކަށް ކަސްރަތެއް ނުކުރެއެވެ. ދެވަނަ ގުރޫޕު ހެނދުނު ނާސްތާކުރުމަށްފަހު ދެތިން ގަޑިއިރު ކޮށްފައި ކަސްތަރު ކުރިއެވެ. އަދި ފަހު ގުރޫޕް ހެނދުނު ހޭލާފައި އެއްވެސް އެއްޗެއް ނުކައި ކަސްރަތު ކުރިއެވެ. 

ހަ ހަފްތާ ވަންދެން ހަމައެގޮތަށް ކޮންމެ ދުވަހަކުވެސް އެދިރާސާ ކުރިއަށް ގެންދިއުމަށްފަހު، ލިބުނު ނަތީޖާ ވީ ހައިރާންކުރުވަނިވި ނަތީޖާއަކަށް ނޫނެވެ. އެއްވެސް ކަސްރަަތެއް ނުކޮށް ތިބި ގުރޫޕް މީހުން ގާތްގަނޑަކަށް 6 ޕައުންޑް ބަރުދަން އިތުރުވިއެވެ. އަދި ހެނދުނު ކެއުމަށް ފަހު ކަސްރަތު ކުރި މީހުންގެ، އިތުރުވީ އެންމެ 3 ޕައުންޑެވެ.

އެ ދިރާސާގައި އެންމެ ހައިރާންކުރުވަނިވި ތަންކޮޅަކީ، ހެނދުނު، ހޭލައި ގޮތަށް، ކެއުމުގެ ކުރިން، ކަސްރަތު ކުރި މީހުންގެ ބަރުދަން އެއްވެސް ވަރަކަށް އިތުރެއް ނުވެއެވެ. އެމީހުން ތިބީ އެއްވަރެއްގައެވެ. ވަރަށް ރަނގަޅު ސިއްހަތެއްގައެވެ. ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި، އެމީހުންގެ ބަރުދަން އިތުރުނުވީ، އެމީހުންގެ ގައިން ސަރުބީ އަދި ކެލޮރީސް ކަސްރަތު ކުރާ ވަގުތުތަކުގެ އިތުރުން، މުޅި ދުވަހުވެސް އެ އެއްޗެހި ވިރޭތީއެވެ.

ޕްރޮފެސަރ ޕީޓަރ ހެސްޕެލް ބުނެފައިވާގޮތުގައި، ބަރުދަން ލުއިކުރެވޭނީ ހަމައެކަނި ކަސްރަތުކޮށްގެންނެއް ނޫން ކަމަށެވެ.ކަސްރަތުގެ އިތުރުން ސިއްހަތަށް ފައިދާހުރި، ބެލެންސްޑް ޑައިޓެއް ގެންގުޅުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ދިރިއުޅުމުގައި ހިވާގިކޮށް އަދި މަސައްކަތްތެރިކޮށް އުޅުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

ދިރާސާތަކުން ދައްކާގޮތުގައި، ހުސްބަނޑާއި ހުރެ ހެނދުނު ކަސްރަތު ކުރުމުން، ކަސްރަތު ކުރާ ވަގުތުގެ އިތުރުން މުޅި ދުވަހު ހަށިގަނޑުން ކެލޮރީސް އަދި ސަރުބީ ވިރުވަދެއެވެ. 

ތިޔަބޭފުޅުން ބޭނުންވަނީ ގިނައިން ކައިގެން ބަރުދަން ލުއިކޮށް ހުންނަން ނަމަ އޮތީ އެއްގޮތެވެ. އެއީ ހެނދުނު ކުރިން، ފަތިހާ ތެދުވެ ކަސްރަތު ކުރުމެވެ. ހިކެން ބޭނުންނަމަ، ހެނދުނު ކުރިން ހޭލައި، ކެއުމުގެ ކުރިން ރަނގަޅަށް ކަސްރަތު ކުރާށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *