ބޮލީވުޑްގެ ފިޔަޖަހަމުން އަންނަ ބަތަލާ މޯނީ ރޯއި، ފިލްމު "ބޯލެ ޗޫޅިޔާ" ނުކުޅެ ދޫކޮށްލައިފިިއެވެ.
"ބޯލެ ޗޫޅިޔާ"ގައި މަސައްކަތްކުރުމަށް މޯނީ ވަނީ މީގެ ދެތިން މަސް ކުރިން ސޮއި ކޮށްފައެވެ. އެ ފިލްމުގައި ފިރެހެން ބަތަލާއެއްގެ ގޮތުގައި ލީޑް ރޯލުން ފެނިގެންދަނީ ނަވާޒުއްދީން ސިއްދީގީއެވެ.
"ބޯލެ ޗޫޅިޔާ"ގައި މަސައްކަތް ނުކުރާނެކަން މޯނީ އިއްޔެ އިއުލާނުކުރިއިރު ފިލްމުގެ ޕްރޮޑިއުސަރު ރާޖޭސް ބާޓިއާ ވަނީ، މޯނީއަކީ "ޒިންމާދާރުކަން ކުޑަ" މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މޯނީ ވަނީ އެ ފިލްމު އުފެއްދުންތެރިންނަކީ ވަރަށް "އަންޕްރޮފެޝަނަލް" ބައެއް ކަމަށް ބުނެފައެވެ.
އެފިލްމަކީ ނަވާޒުއްދީންއާ މޯނީ ފުރަތަމަ ފަހަރަށް އެކުގައި މަސައްކަތް ކުރަން ނިންމި ފިލްމުވެސް މެއެވެ.
ކޮންމެއަކަސް އެ ފިލްމުގައި މޯނީ މަސައްކަތް ނުކުރާން ނިންމި ނިންމުމާއެކު ދެން އެފިލްމަށް ނަގާނީ ކޮން ބަތަލާއެއްކަން ފިލްމުގެ އުފެއްދުންތެރިން އަދި ނުނިންމައެވެ.