ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލުން ހަވަނަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އެތުލެޓިކޯ މެޑްރިޑްގެ ވަންޑަ މެޓްރޮޕޮލިޓާނޯގައި ރޭ ކުޅުނު ފައިނަލް މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުން ރެއަށް ފަހު އެންމެ ފަހުން ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައިވަނީ 2005 ވަނަ އަހަރުއެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު، މެޗުގެ ފުރަތަމަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެއެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑު މައްޗަށް ނުކުތް، ޑިވޮކް އޮރީގީއެވެ.

ލިވަޕޫލުން މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފައިވާއިރު، މިދިޔަ އަހަރުވެސް އެޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެފައެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ލިވަޕޫލުން ބަލިވީ ރެއާލް މެޑްރިޑް އަތުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *