މާލޭ ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި މީހަކު ހިފެހެއްޓުމަށް ފަހު އާއްމުންވެގެން އަދަބު ދިނުމަށް މަސައްކަތް ކޮށްފިއެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިރޭ 20:38 ހާއިރު މާފައްނު ދަކަދާމަގާއި ބްލޫކިޔާ މަގާއި ގުޅޭ ހިސާބުގައި ހުރި ފިހާރައަކުން، ފެން ކޭހެއް ވަގަށް ނެގި މީހަކު އާއްމުންވެގެން ހިފަހައްޓާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެފިހާރައިން ފެން ކޭހެއް ވަގަށް ނަގާފައިވަނީ 18 އަހަރުގެ ފިރެހެނެއް ކަމަށާއި ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާއްމުންވަނީ އެމީހާ ހިފެހެއްޓުމަށްފަހު، އެންމެންނަށް ފެންނަހެން އެމީހާގެ ބުރަކަށީގެ "ވަގު" ޖަހާފައެވެ.