ހިޖާމާ ޖެހުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން ސާބިތުވެފައިވާ ފަރުވާއެކެވެ. އެއީ ދީނީ ގޮތުން ހުއްދަ އަދި އެކަމުގެ ފައިދާ އިންތިހާއަށް އޮތް ފަރުވާއެކެވެ. އެކި ބަލިތަކަށް ހިޖާމާގެ ސަބަބުން ޝިފާ ލިބިގެން ދެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބޮލާއި ބުރަކަށިބަދައިގެ އެންމެ މަތީގައި ޙިޖާމާޖެއްސެވިކަމަށް ޞައްހަކޮށް ސާބިތުވެފައިވެއެވެ.
"عن أنس أن النبي صلى الله عليه وسلم احتجم في الأخدعين وعلى الكاهل"
އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. "ބޮލުގެފަހަތުން ދެކަންފަތް ކައިރިއާއި ބުރަކަށިބަދައިގެ އެންމެ މަތީގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙިޖާމާޖެއްސެވިއެވެ"
"عن ابن عباس رضي الله عنهما أن رسول الله صلى الله عليه و سلم احتجم في رأسه"
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ ބޮލުގައި ޙިޖާމާޖެއްސެވިއެވެ"
ޙިޖާމާޖެހުމުގެ ބައެއް ފައިދާތައް:
- ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ތަބާވުން.
- ލޭ ސާފުވުން
- ކެއްސުން
- ހިތުދަސްކުރުމުގެ ބާރު ގަދަވުން
- އަންނަނިވި ކަންތައްތަކުން ސަލާމަތްވުން.
- މަސްގުޅަކެއުން
- ނޭވާހިއްލުމާއި އެތެރެހަށީގެ އެހެނިހެން ބަލިތައް.
- ލޭމަތިވުން
- ބޮލުގަ ރިއްސުމާއި ދަތުގައި ރިއްސުމާއި ޓިއުމަރު އުފެދުންފަދަ ކަންތައް
- ރަޙިމުގެ އެކިބަލިތަކާއި ޙައިޟުގެ މައްސަލަތައް
- މެޔާއި ބުރަކަށްޓާއި ކޮނޑުފަދަ ތަންތާގައި ރިއްސުން
- ނިދިގިނަވުމާއި ކަންނެތްކަން
- ހަމުގެ މައްސަލަތައް
- ޒަޚަމުވެފައިވާތަންތަން ދޮސްގަތުން
- ވައިއުފެދުމުގެ(ގެސްޓްރިކް) މައްސަލަތައް
- ބަނޑުހަރުވުމާއި ބަނޑުދިޔާވުން
- ހިތުގެ ބަލިތައް
- ހަކުރުބަލި
- ލޮލުގެ ބަލިތައް
- ސިހުރު
- ވާގިނެތޭބަލި