މިދިޔަ މެއި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓަކަށް ވެލާ ޕްރައިވެޓް އައިލެންޑް ވެއްޖެ އެވެ.
އެގޮތުން މިދިޔަ މަސް ނިމުނު އިރު އެ ރިސޯޓުުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 1،509.98 ޑޮލަރު (23،283.89ރ) ދީފައިވެ އެވެ. މިއީ އޭޕްރިލް މަހު އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދިން 1،434.98 ޑޮލަރު (22،127.39ރ) އަށް ވުރެ ބޮޑު އަދަދެކެވެ.
އޭޕްރިލް މަހާ އަޅާބަލާއިރު ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ދީފައިވާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ރާއްޖޭގައި ހިންގާ 146 ރިސޯޓު އޮތް އިރު، ސާވިސް ޗާޖް ދިން ކަމަށް މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓަށް މައުލޫމާތު ފޮނުވާފައިވަނީ އެންމެ 52 ރިސޯޓަކުންނެވެ.
ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް 10 އިންސައްތަ ނަގައެވެ.