ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ކުރުނބާ މޯލްޑިވްސް އިން ރޯދަވިއްލުމެއް ދީފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ރޯދަވީއްލުމެއް ދިނީތީ ކުރުނބާ މޯލްޑިވްސްއަށް ޝުކުރު އަދާކޮށްފައި ވެއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު އޮތް އެ ރޯދަވީއްލުމުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުދިން ބައިވެރިވެފައިވެއެވެ. އަދި އެކުދިންނާއި އެކު ޖެންޑާ މިނިސްޓަރ، ޝިދާތާ ޝަރީފްވެސް ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ރިސޯޓް، ކުރުނބާ މޯލްޑިވްސްގެ އިތުރުން، ހުދުރަންފުށި ރިސޯޓުން ވެސް ވަނީ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް އިއްޔެ ރޯދަވީއްލުމެއް ދީފައެވެ. މީގެ އިތުރުން މިދިޔަ ހޯމަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ދެކަނބަލުން ވެސް ވަނީ މުލިއާގޭގައި އެ ކުދިންނަށް ރޯދަ ވީއްލުމެއް ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *