ލަކްސް ކުންފުނިން މި އަހަރު ހުޅުވި ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުގައި "ލަކްސް ރިޓްރިޓް"ގެ ނަމުގައި ހާއްސަ ވިލާއެއް ހުޅުވައިފިި އެވެ.

ފަތުރުވެރިންނަށް ޕްރައިވެސީ ލިބޭނެ ގޮތައް، އަމިއްލަ ގެއެއްގެ އިހުސާސް ކުރެވޭނެ ގޮތައް ގިނަ ހިދުމަތްތަކާއި އެކު ހުޅުވި، މި ރެޒިޑެންސް ވިލާ ހަދާފައިވަނީ އެ ރިސޯޓުގެ މޫދު ވިލާތަކުގެ އެންމެ ބޭރަށް ވާގޮތަށް ތިން ބުރި އަށެވެ.

އެތަނުގެ 1000 އަކަފޫޓުގެ ބޮޑު އޭރިއާއެއް ޕްލޭ އޭރިއާއެއްގެ ގޮތުގައި ހާއްސަކޮށްފައިވާއިރު، އެ ވިލާގައި އެއްފަހަރާ ހަތަރު މީހުންނަށް ޗުއްޓީ ހޭދަކޮށްލެވޭނެއެވެ. ލަކްސް އިން ބުނީ މިއީ އާއިލާތަކަށާއި، ރަހުމަތްތެރިންނަށްވެސް ހާއްސަ ތަނަކަށްވާނެ ކަމަށެވެ.

ލަކްސް އިން ބުނެފައިވާ ގޮތުގައި މި ވިލާގައި 24 ގަޑިއިރު ބަޓްލަ ސާވިސް ދޭއިރު، މިތަނުގައި ސުވިމިން ޕޫލް ހުންނާނެ އެވެ. މީގެ އިތުރުން ވިލާ ފަރުމާކޮށްފައިވަނީ ލަކްސްގައި ބޭނުންކުރާ ހާއްސަ ލަގްޒަރީ ޔޮޓް ބަނދަރު ކުރެވޭ ގޮތަށެވެ.

އޮޅަހަލި އައިލެންޑުގައި ތަރައްގީ ކޮށްފައިވާ ލަކްސް ނޯތު މާލެ އެޓޯލްގައި ސްޕާ އާއި މޫދު ކުޅިވަރުގެ ހާއްސަ ސެންޓަރެއް ހުންނަ އިރު މި ރިސޯޓަކީ ދިވެއްސެއްގެ ފަރުމާއެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *