އިންޑިއާގެ އާ ވުމެން އެންޑް ޗައިލްޑް ޑިވެލޮޕްމެންޓް މިނިސްޓަރ ސިމްރިތީ އިރާނީއަށް ދިވެހި ރާއްޖޭގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ފޮނުއްވި ތަހުނިޔާގެ މެސްޖްގައި ވަނީ ސޯޝަލް ސާވިސަސްގެ ދާއިރާ ހަރުދަނާ ކުރުމަށް، އިންޑިއާގެ ޗައިލްޑް ޑިވެލޮޕްމެންޓް މިނިސްޓަރ ސިމްރިތީ އިރާނީ އާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ސިމްރިތީ އިރާނީ، އެ ގޮނޑި ކާމިޔާބު ކުރެއްވީ، ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާންދީގެ މައްޗަށް ކުރި ހޯއްދެވުމަށް ފަހުގައެވެ.