އޭޑިކޭ ޖެނެރަލް ޓްރޭޑިންގްއިން އެހީތެރިކަން ފޯރުކޮށްދިން ލ.ހިތަދޫގެ ނިކަމެތި އާއިލާގެ އަންހެންމީހާއަށް ކައުންސެލިންގް ދިނުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް ޖެންޑަރ މިނިސްްޓްރީން ބުނެފިއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ޖެންޑާރ މިނިސްޓަރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ އަންހެން މީހާއާއި އާއިލާގެ މައްސަލަ މިނިސްޓްރީން ވަރަށް ގާތުން ބަލައި، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އަދި މިހާރުވެސް އެއާއިލާއަށް އެހީތެރިވުމަށް ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އެ އާއިލާގެ މައްސަލައިގައި ބަލަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި މީގެ ކުރިންވެސް އެއާއިލާއަށް އެކި ފަހަރު މަތިން އެހީތެރިކަން ފޯރިކޮށްދީފައިވާ ކަމަށެވެ.

އެންމެ އަސާސީ ބޭނުންތަކުން މަހްރޫމްވެފައިވާ، ހިތަދޫގެ އެއާއިލާގެ ވީޑިއޯ މީސްމީޑިއާގައި ވައިރަލްވުމާއި އެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ ވީޑިއޯއަށް ލިބިފައެވެ. އަދި ގިނަ ބަޔަކު ދަނީ އެ އާއިލާއާއި މެދު ހަމްދަރުދީގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *