މިއަހަރުގެ ފިތުރު އީދުގެ ފުރަތަމަ ދެ ދުވަހު ހަވީރު ވެރިރަށް މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
ފިތުރު އީދުގެ ފުރަތަމަ ދެ ދުވަހު، ހަވީރު 4:00 އިން ފެށިގެން 6:30 އާ ހަމައަށް މާލޭގެ މަގުމަތީގައި އުޅަނދު ދުއްވުން ވަނީ މާލޭ ސިޓީ ކައުންސިލުން މަނާކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ވިދާޅުވީ، އެ ދެދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާކުރީ، މާލޭގައި ގިނަ އަދަދެއްގެ ރައްޔިތުން އުޅޭއިރު އީދުގެ އުފާފާޅު ކުރުމުގެ ގޮތުން ދޮށީ އުމުރުގެ މީހުންނަށާއި، ކުޑަ ކުދިން މަގުމައްޗަށް ނުކުމެ ކުޅިވަރު ކުޅުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
މާލޭގައި ވެހިކަލް ދުއްވުން މަނާ ކޮށްފައި ވަނީ، ކައުންސިލްގެ 12 މެމްބަރުންގެ ތެރެއިން ހަ މެމްބަރުންގެ ވޯޓް ދީގެނެވެ. އުޅަނދު ދައްވުން މަނާ ގަޑީގައި އެމްބިއުލާންސާއި ސަލާމާތީ ބާރުތަކުގެ ވެހިކަލްތަކަށް ދުއްވޭނެއެވެ.
އެހެން އަހަރުތަކެކޭވެސް އެެއްގޮތަށް މިއަހަރުވެސް، ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތެއްގައި ކުރުމަށް ހަމަޖެހިފައިވަނީ، ނެޝަނަލް ސްޓޭޑިއަމްގައެވެ.