ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑް، "އޫދު އަލް ސަބާޔާ"އިން މިއަހަރުގެ ފިތުރު އީދާއި ދިމާކޮށް ބޮޑެތި ޑިސްކައުންޓްތަކަކާއި އެކު ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިއަދު ފެށިގެން ދިޔަ މި ޕްރޮމޯޝަންގެ ދަށުން "އޫދު އަލް ސަބާޔާ"އިން ކުރާ ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ހިލޭ އަތަރު ފުޅިއެއް ލިބިގެންދާނެއެވެ. އަދި އެ ފިހާރައިން ކުރާ ކޮންމެ 1000ރ ގެ ވިޔަފާރިއަކަށް 10 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ ފިތުރު ޢީދު ދުވަހުގެ ނިޔަލަށެވެ.
ޖަޒީރާ ނިއުސް އަށް މައުލޫމާތު ދެމުން "އޫދު އަލް ސަބާޔާ"ގެ މެނޭޖިންގް ޑިރެކްޓަރ، ހުސެއިން ޝަބީން ވިދާޅުވީ، "އޫދު އަލް ސަބާޔާ"އަކީ އަބަދުވެސް ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރަމުން އަންނަ ތަނެއް ކަމަށާއި، "އޫދު އަލް ސަބާޔާ"އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަނެއްކަމަށެވެ.
"ދިވެހިން މިވަނީ "އޫދު އަލް ސަބާޔާ" ބަލައިގަނެފައި. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް މިކުރަނީ އޫދު އަލް ސަބާޔާގެ ކަސްޓަމަރުން އުފާވާނެ ގޮތައް ކަންތައްތައް ކޮށްދިނުމަށް" ޝަބީން ވިދާޅުވިއެވެ.
"އޫދު އަލް ސަބާޔާ" އުފެދިގެން އައީ 2015 ވަނަ އަހަރު، "އަލް ސިންހޫތް"ގެ ނަމުގައި ހިންގި ފޭސްބުކް ޕޭޖަކުންނެވެ. އަހަރަކަށް ފަހު އަހަރެއް ކުރިއަރަމުން މިއަދު "އޫދު އަލް ސަބާޔާ"އިން މިވަނީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ މާލޭ ސިޓީއާއި އައްޑޫ ސިޓީގައި އަތްގަދަކޮށް އެތަނުގެ އަތަރުން އެ ސިޓީތަކުގެ ރައްޔިތުންނަށް ހިނުތުންވުން ގެނެސްދީފައެވެ. އަމިއްލަ އަތަރާއި ޕާފިއުމް ގިނަ އަދަދަކަށް ގެންގުޅޭ "އޫދު އަލް ސަބާޔާ"ގެ މައި ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ.