ދިވެހިރާއްޖެއާ ދެކުނު އެމެރިކާ ބައްރުގައި އޮންނަ ބޮލިވިޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފިއެވެ.

ދެގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދެވެ. 

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއެްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އެވެ. ބޮލީވިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ސަޗާ ސާޖިއޯ ލޮރެންޓީ ސޯލިޒް އެވެ. 

ރާއްޖެއާ ބޮލީވިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރުމާ ގުޅިގެން އެމެރިކާގައި ހުންނަ ރާއްޖޭގެ މިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބޮލީވިއާ އާއެކު ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *