އެމެރިކާގެ ވަޖީނިއާގައި އިރުދެކުނު އައްސޭރީގައި އޮންނަ ވާޖިނިއާ ބީޗް ސިޓީގައި ދިން ބަޑީގެ ހަމަލާތަކެއްގައި 12 މީހުން މަރުވެ، 6 މީހުން ޒަހަމްވެއްޖެއެވެ.
އެގައުމުގެ ފުލުހުންނާއި ހަވާލާދީ، އެގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޭގެ ވަގުތެއްގައި ދިން އެ ބަޑީގެ ހަމަލާތައް ދިނީ، ވާޖިނިއާގެ މުނިސިޕަލް ސެންޓަރުގައެވެ.
ހަމަލާ ދިން މީހާގެ މައުލޫމާތު އަދި ހާމަކޮށްފައިނުވާއިރު ފުލުހުންނާއެކު ބަދަލުކުރެވުނު ހަަމަލާތަކެއްގައި އޭނާވެސް ވަނީ މަރުވެފައެވެ. ފުލުހުން ބުނީ ލައިގެން ހުރި ވެސްޓަށް އެރި ވަޒަނެއްގައި އެއް އޮފިސަރަކު ޒަޚަމްވެފައިވާ ކަމަށެވެ.
އެ ބަޑީގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ ތެރެއިން ފަސް މީހަކަށް ވާޖިނިއާ ބީޗް ޖެނެރަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ހާލު ސީރިއަސްވި އެކަކަށް އެހެން ހޮސްޕިޓަލެއްގައި ދަނީ ފަރުވާދެމުންނެވެ.
މަރުވި މީހުންގެ ތެރެއިން އެކަކު މަރާލާފައިވަނީ އިމާރާތުގެ ބޭރުގައި ކާރުގައި އިންދައެވެ. އިތުރު މީހުންގެ ހަށިތައް ފެނިފައިވަނީ އިމާރާތުގެ ތިން ފްލޯއަކުން ކަމަށްވެސް އެގައުމުގެ ފުލުހުން ވިދާޅުވިއެވެ.