ގދ. އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެމައްސަލާގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރެއިން ދޫކޮށްލަން އަމުރުކުރީ ގއ. ނިލަންދޫ، ދިހްޝާާންވިލާ އުމުރުން 30 އަހަރުގެ އަލީ ޝާކިރު ކަމަށެވެ. އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
ގދ. އަތޮޅުގެ ފަޅުރަށަކުން 149 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވަނީ މެދުނުކެނޑި ގާތްގަނޑަކަށް 72 ގަޑިއިރު ހިންގި އޮޕަރޭޝަނެއްގައި އެ އަތޮޅުގެ ބައެއްް ފަޅުތަކާއި ބައެއް ފަޅުރަށްތައް ބަލައި ފާސްކުރުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ.
މަސްތުވާތަކެތީގެ އެމައްސަލާގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން މީގެކުރިން ވަނީ އަމުރުކޮށްފައެވެ.