އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ ހިލޭ އެހީއިން އއ. ރަސްދޫގެ ގޮނޑުދޮށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް އިންޑިއާ ސަރުކާރުން އަށް މިލިއަން ދިވެހި ރުފިޔާ ދީފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ރަސްދޫގައި ގިރަމުންދާ 179 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރާނެއެވެ.

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ ކުރީގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މީގެ ކުރިން ވަނީ ފަސް މަޝްރޫއަކަށް 23.5 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދީފަ އެވެ. އަދި 11 އެމްބިއުލާންސް ގަތުމަށާއި 61 ރަށެއްގައި ހަދާ ޖިމްތަކަށް ބޭނުންވާ ފިޓްނަސް އިކިއުޕްމަންޓްތައް ގަންނަން 15.7 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *