ބޮލީވުޑްގެ ކުޅަދާނަ ބަތަލާ، ތާޕްސީ ޕައްނޫ ލީޑް ރޯލުން ފެމިގެންދާ ފިލްމު "ގޭމް އޯވަރ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
އަޝްވިން ސަރަވަނަން ޑައިރެކްޓްކުރާ ފިލްމު "ގޭމް އޯވަރ"އަކީ ބިރުވެރި ފިލްމެކެވެ.
އެ ފިލްމު ރިލީޒު ކުރުމަށް ހަމަޖެހިފައިވަނީ، ޖޫން މަހުގެ 6 ވަނަ ދުވަހެވެ.
"ގޭމް އޯވަރ" އަކީ ޓެމިލް ޓެލްގޫ ބައިލެންގުއަލް ފިލްމެއްގެ ރީމޭކެކެވެ. ހިންދީ، ޓެމިލް އަދި ޓެލްގޫ ބަހުންވެސް ފިލްމު ރިލީސްކުރާނެކަމަށް ވެއެވެ.
ފިލްމުގައި ތާޕްސީ ކުޅެނީ ވީޑިއޯ ގޭމް ކުޅެން ދެވިހިފައިފާ ހުންނަ މީހެއްގެ ރޯލެވެ. އަދި އޭނާއަކީ އަނދިރިކަން ދެކެ ބިރުގަނެ އެންސައިޓީ ހުންނަ މީހެކެވެ. ފިލްމު ބިރުވެރި ކޮށްލަނީ ނޭނގޭ މީހެއްގެ ފަރާތުން ތާޕްސީއަށް ގޯނާތައް އަންނަން ފެށުމުންނެވެ. ޓްރެއިލާގައި ތާފްސީ ވީލް ޗެއާގައި ހުންނަތަންވެސް ފެނިގެން ދެއެވެ.