ލޫސިއާނޯ ސްޕެލެޓީގެ މަގާމު ފޫބެއްދުމަށް އިންޓަ މިލާންގެ ކޯޗަކަށް އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފިއެވެ.

އިޓަލީގެ ކުރީގެ ކޯޗު އިންޓަ މިލާންގެ ކޯޗަކަށް ހަމަޖެއްސިކަން މިއަދު ވަނީ އިއުލާން ކޮށްފައެވެ. މިދިޔަ ސީޒަނަށްފަހު ޗެލްސީގެ ކޯޗުކަމުން ކޮންޓޭ ވަކިކުރި ފަހުން އެއްވެސް ޓީމަކަށް އޭނާ ކޯޗުކަން ކޮށްދީފައެއް ނުވެއެވެ.

ކޮންޓޭ ވަނީ ޗެލްސީގައި ހޭދަކުރި ދެއަހަރު ތެރޭގައި ވަނީ ޕްރިމިއާ ލީގާއި އެފްއޭ ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

އިންޓާަމިލާންއިން މިދިޔަ ސީޒަން ނިންމާލީ ތަވާލުގެ ހަތަރުވަނައިގައެވެ. ޗެމްޕިއަންސް ލީގަށް އެޓީމު ކޮލިފައިވެފައިވާ އިރު، ކޮންޓޭ ބުނެފައި ވަނީ އިންޓައަކީ އާ ޗެލެންޖެއް ކަމަށެވެ. 

އިންޓަ މިލާނުން ބުނީ ކޮންޓޭއަކޯ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކޯޗުކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *