ޤުރުއަނާ ބެހޭ މަރުކަޒުން ފުވައްމުލަކާއި ލ. ފޮނަދޫގައި ހިނގާ ގްރުއާން ކްލާހަށް މެގަ އެކްސެސް ނެޓްވޯކް ސޮލިއުޝަން ދިރާގުން ފޯރުކޮށްދީފި އެވެ.
ދިރާގުވެ ސީއެސްއާރްގެ ދަށުން މި ހިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން ކީރިތި ގުރުއާނާބެހޭ މަރުކަޒާއެކު ރަސްމީ އެއްބަސްވުމުގައި މިއަދު ވަނީ ސޮއި ކޮށްފަ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން ފޯރުކޮށްދިން މި ހިދުމަތުގެ ދަށުން މާލޭގައި ހުންނަ މުދައްރިސަކަށް އެހެން ރަށްތަކުގައި ތިބޭ ދަރިވަރުންނަށް ރިމޯޓްކޮށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހިންގާ ތަފާތު ކޯސްތަކުގައި ރަށުގައި ތިބެގެން ބައިވެރިވެވޭނެ ކަމަށެވެ.
އަދި މި ހިދުމަތުގެ ސަބަބުން ގްރުއާނާބެހޭ މަރުކަޒުން ވީޑިއޯ ކޮންފެރެންސިންގް މެދުވެރިކޮށް ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ފަހިވުމުގެ އިތުރުން، ރަށުގައި ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ރަށުގައި ތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން ޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިބެ މުދައްރިސުންނަށް ފިލާވަޅު ނަންގަވައި ދެއްވާ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުވެސް ވަގުތުން ދެއްވޭނެ އެވެ.
ޖުމްލަ 91 ދަރިވަރަކު މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.