ރާއްޖޭގައި ވަކިން ސިނގިރޭޓް ވިއްކުން ރޭ 00:00 އިން ފެށިގެން މަނާކޮށްފިއެވެ.

ރާއްޖޭގައި ވަކިން ސިނގިރޭޓް ވިއްކުން މަނާވެގެން ގޮސްފައިވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދު" ގެ ސަބަބުންނެވެ. އެ ގަވާއިދުގައިވާ ގޮތުން، ގަވާއިދު ގެޒެޓް ކުރާތާ ތިން މަސް ތެރޭހައި އެ އަށް އަމަލު ކުރަން ލާޒިމްވެ އެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާއި ބެހޭ ޤަަވައިދު ހަވާފައިވަނީ ގަވާއިދު އެކި ބައިބަޔަށް ބަހާލައިގެން ތަންފީޒުކުރާ ގޮތަށެވެ. އެގޮތުން ފުރަތަމަ ތަންފީޒު ކުރެވިގެން މިދާ ބަޔަކީ ވަކިން ސިނގިރޭޓް ވިއްކުމެވެ.

މި ގަވާއިދުގައި ދެން ހިމެނޭ ބައިތަކުގެ ތެރޭގައި ސިނގިރޭޓުގެ ފޮށީގެ ބޭރުގައި ފޮޓޯ ލޭބަލް ޖެހުން ވެސް ހިމެނެ އެވެ. މިބައި ތަންފީޒު ކުރާނީ މި އަހަރުގެ 31 ޖުލައި ގަ އެވެ.

މި ގަވާއިދާ ހިލާފު ވެއްޖެނަމަ ފުރަތަމަ ފަހަރު އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވެ އެވެ.  ދެ ވަނަ ފަހަރު ގަވައިދާ ހިލާފުވެއްޖެނަމަ އިތުރަށް 5،000ރ. އަދި ތިން ވަނަ ފަހަރަށް، 10،000ރ. އިން ޖޫރިމަނާކުރެވެ އެވެ. އަދި ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *