ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ތ. މަޑިފުއްޓާއި ދިޔަމިގިލީގެ ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބުނީ، މަޑިފުށީގެ 10 ގެއަކަަށް، އަދި ދިޔަމިގިލީގެ 15 ގެއަކަށް ފެންވަދެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ގުރައިދޫގެ ބައެއް ގެތަކަށްވެސް ފެނުގެ އަސަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމުގައި ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ފެންބޮޑުވެފައިވާ ރަށްރަށުން ފެން ހިންދުމުގެ މަސައްކަތް އެރަށްތަކުގެ ކައުންސިލާއި، ރަށު ރައްޔިތުންނާއި އެމްއެންޑީއެފުގެ އިތުރުން ފުލުހުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *