ލާމު އަތޮޅަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެއަތޮޅު މާމެންދޫއަށް މެދުކެނޑުމެއް ނެތި ވާރޭ ވެހުމުގެ ސަބަބުން އެރަށުގެ 200 ގެއަކަށް ފެންވަދެފައިވާ ކަމަަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ވާރޭ ވެހުމުގެ ސަބަބުން އެރަށުން ކަރަންޓްވެސް ކެނޑިފައިވާއިރު، އެމްއެންޑީއެފާއި، ފުުލުހުންގެ އިތުރުން ރަށުގެ ރައްޔިތުން ގުޅިގެން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މާމެންދޫގެ އިތުރުން އެ އަތޮޅު ހިތަދޫއާއި، މާވަށާއި ކުނަހަންދޫގެ ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެގޮތުން ހިތަދޫގެ 30 ގެއަކަށް އަދި، މާވަށުގެ ހަތް ގެއަކަށް އަދި ކުނަހަންދޫގެ ގެއަކަށް ފެން ވަދެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ވާރޭ ވެހުމުގެ ސަބަބުން މާމެންދޫގެ ބޮޑު ސަރަހައްދެއް އޮތީ ފެނު އަޑީގައި ކަމަށެވެ.