މިއަދު މެންދުރުން ފެށިގެން ހުއްޓުމެއް ނެތި ލ. މާމެންދޫއަށް ކުރަމުން އަންނަ ވިއްސާރައިގައި އެރަށުގެ ފެންބޮޑުވެ 15 ގެއަކަށް ފެންވަދެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ލާމު އަތޮޅަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެއަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވާ ކަމަށާއި އެގޮތުން ކުނަހަންދޫ، ހިތަދޫ އަދި މާމެންދޫގެ ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ.

ފެނުގެ އަސަރުކޮށްގެން މާމެންދޫއިން ވަނީ ކަރަންޓްވެސް ކެނޑިފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެރަށުން ކަރަންޓް ކެނޑިފައިވަނީ އިންޖީނުތަކާއި ހަމައަށް ފެނުގެ އަސަރު ފޯރައިގެންކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ވިދާޅުވީ، ކުނަހަންދޫގެ އިންޖީނުގެއަށް ފެން ވަނުނަ ނުދިނުމަށް އެރަށުގެ ރައްޔިތުންނާއި، ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *