ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގއ. ވިލިނގިއްޔަށް މިއަދު ހަވީރުއްސުރެން މެދު ނުކެނޑި ވާރޭ ވެހުމުގެ ސަބަބުން އެ ރަށުގައި ފެން ބޮޑުވެ ގެތަަކަށް ފެން ވަދެއްޖެއެވެ. 

އެގޮތުން ވާރޭވެހި އެރަށުގެ ފެން ހިންދުމަށް ގާއިމްކޮށްފައިވާ ނިޒާމަށް އޮބި ނޯވެ ގޭގެއަށް ފެން ވަދެ ނަޖިސް ބޭރުވުމުުން ފަދަ ކަންތައް މެދުވެރިވެފައި ވެއެވެ.

އެ ރަށުން ޖަޒީރާ ނިއުސްއަށް މައުލޫމާތު ދިން ފަރާތެއް ހާމަ ކުރައްވި ގޮތުގައި މިހާރު ރަށުގެ ރައްޔިތުންނާއި ރެޑްކްރެސެންޓް އަދި ފުލުހުން ގުޅިގެންދަނީ ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ބޯކޮށް ވާރޭ ވެހެމުންދާތީ އެކަމަށް އަދި މާކަ ބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށް އޭނާ ބުނިއެވެ. 

މީގެ އިތުރުން ލ. ފޮނަދޫ އާއި އެ އަތޮޅު މާމެންދޫއަށްވެސް ބޯކޮށް ވާރޭވެހި ވަނީ ގެތަކަށް ފެން ވަދެފައެެވެ. 

މޫސުމާ ބެހޭ އިދާރާ އިން ވަނީ ވ. އަތޮޅުން ފެށިގެން އައްޑުއާ ހަމަޔަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *