ހުޅުމާލޭގެ ސިނާއީ ސަރަހައްދުން ކުއްޔަށް ދޫކޮށްފައިވާ ފަސް ބިމަކުން ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 39 މިލިއަން ރުފިޔާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފިއެވެ.

މިއަދު އޭސީސީން ކުރި ޓްވީޓެއްގައި ބުނީ، އެޗްޑީސީން ހުޅުމާލޭގެ ސިނާއީ ސަރަހައްދުން އަމިއްލަ ފަރާތަކަށް 5 ބިން ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި، ނަމަވެސް ކުއްޔަށް ނެގި ދުވަހުން ފެށިގެން މިހާތަނަށް އެފަރާތުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކައި އެ ބިންތައް އެހެން ފަރާތަކާ އެކު އެގްރީމަންޓް ހަދައިގެން ކުއްޔަށް ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ އޭސީސީން ތަހުޤީޤު ކުރުމަށްފަހު އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އެޗްޑީސީއަށް އަންގާފައިވާނެ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

މީގެ އިތުރުން، އެޗްޑީސީގެ މޯގޭޖް ޕޮލިސީ ނުވަތަ އެޗްޑީސީގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގޯއްޗާއި އިމާރާތާއި ނުއުފުލޭ މުދާ ރަހުނު ކުރުމަށް ހުއްދަ ދިނުމުގައި (ނޯ އޮބްޖެކްޝަން ދިނުމުގައި) އަމަލު ކުރާނެ ގޮތަކާއި އުސޫލު އިސްލާހު ކުރުމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ބިންތަކަށް ކުއްޔަށް ދިނުމާއި މޯގޭޖް ކުރުމަށް އެޗްޑީސީގެ ހައްގުތައް ރައްކާތެރި ކުރެވޭނެ ގޮތަކަށް އެއްބަސްވުން އެކުލަވައިލުމަށް އޭސީސީން ވަނީ އެޗްޑީސީ އަށް އަންގައިފައެވެ.

އަދި އެ ފައިސާ ހޯދުމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް އެޓާނީ ޖެނެރަލް ވަނީ ފިނޭންސް މިނިސްޓްރީ އަށް އަންގާފައި ކަމަށް ވެސް އޭސީސީން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *