19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުމާއެކު ފެނިގެންދަނީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ އުންމީދީ ބަދަލުތަކެއް ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރ ޝިދާތާ ޝާރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުމާއެކު ފެނިގެންދަނީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ އުންމީދީ ބަދަލުތަކެއް ކަމަށާއި، އަދި މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށާއި، އަދި ޖޭއެސްސީގެ މެމްބަރުކަމަށް އަންހެން މެމްބަރުން އިންތިޚާބު ވެގެން ދިޔުމަކީ އެކަމުގެ މިސާލެއް ކަމަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިޚާބު ކޮށްފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ. އަދި ޖޭއެސްސީގެ މެމްބަރަކަށް މަޖިލީހުން އިންތިހާބު ކޮށްފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *