ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ބޭނުންތަކަށް ފެނަކައިގަ މަސައްކަތްކުރާ 94 ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ކަނޑާލާފައި ވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވާހަކަ ދައްކަވަމުން އަހުމަދު ސައީދު ވިދާޅުވީ، ހުސްވި 2018 ވަނަ އަހަރުގެ ޑިސެންބަރު 18 ގައި ފެނަކަ ކޯޕަރޭޝަނާ ހަވާލުވެ ވަޑައިގެންނެވިއިރު، ކުރީގެ ސަރުކާރުން ސިޔާސީ ބޭނުމަށް ޓަކައި ވަޒީފާއިން ވަކި ކޮށްފައިވާ 94 މީހުންގެ ތެރެއިން މިހާނަތަށް، 48 މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ.
"އަޅުގަނށޑުމެން ކުންފުންޏާ ހަވާލުވި އިރު ކުންފުނީގައި ވަރަށްގިނަ ދުވަހު މަސައްކަތްކުރެއްވި ވަރަށް ވަފާތެރި ހިދުމަތްތެރި މުވައްޒަފުންވަނީ ސިޔާސީ ބޭނުމަށްޓަކައި ކުންފުނިން ވަކި ކޮށްފަ، އޭގެ ތެރެއިން މިހާތަނަށް ރައީސުލް ޖުމްހުރިއްޔާގެ ހާއްްސަ ބެއްލެވުމުގެ ދަށުުން ސްކްރީން ކުރައްވައިފަ މިހާރު 48 މުވައްޒަފަކަށް އަޅުގަނޑމެން އަލުން އަނބުރާ ވަޒީފާ ވާނީ ދީފަ،" ސައީދު ވިދާޅުވިއެވެ.
ސިޔާސީ ބޭނުމަށް ވަޒީފާއިން ވަކިކުރި މީހުންނަށް ވަޒީފާ ހޯދައި ދެއްވާނެކަމަށް، ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން، ރައީސުލް ޖުމްހޫރިއްޔާ ވަނީ ވައުދުވެވަޑައިގެންފައެވެ.