ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި ކުރި 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަން ފަށައިފިއެވެ.

އެ ހުކުމް ކަރެކްޝަނަލް ސާވިސްއިން ތަންފީޒު ކުރަން ފެށީ، އަދީބުގެ މައްޗަށް އިއްވާފައިވާ އެހެން ހުރިހާ ހުކުމްތައް ބާތިލް ކުރުމާ ގުޅިގެންނެވެ. 

ކަރެކްޝަނަލް ސާވިސް ކޮމިޝަނުން ވިދާޅުވީ، ކަރެކްޝަނަލް ސާވިސްއިން އަމަލު ކުރާ އުސޫލަކީ ގިނަ ހުކުމްތަކެއް އެކެއްގެ މައްޗަށް އޮތްނަމަ، އެންމެ ފުރަތަމަ ތަންފީޒު ކުރަނީ އެންމެ ބޮޑު ހުކުމް ކަމަށެވެ. އެ ބޮޑު ހުކުމް ބާތިލުކޮށްފިނަމަ، ދެން ތަންފީޒު ކުރަން ފަށާނީ އެއާ ޖެހުނު ހުކުމް ކަމަށެވެ. އެހެންވެ، އަށް އަހަރުގެ ޖަލު ހުކުމް މިއަދު ބާތިލްކުރުމާ ގުޅިގެން އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް މިއަދު ތަންފީޒުކުރަން ފަށާނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން ވިދާޅުވިއެވެ.

އަށް އަހަރުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލް ކޮށްފައިވާއިރު، ފިސްތޯލައެއް ގެންގުނު މައްސަލައެއްގައި، ޓެރަރިޒަމްގެ ދައުވާކޮށް، އަދީބުގެ މައްޗަށްކުރި 10 އަހަރު ދުވަހުގެ ޖަލު ހުކުމް ވެސް މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފަވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *