ކުޑަ ގޮޅީގައި އެކަނި މައި އެކަނި އަނދިރީގައި ބަލި ހާލުގައި އޮވެގެން ކޮންމެ ދުވަހަކު ކުރި ދުއާ އިޖާބަ ކުރައްވައިފި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އެކި މައްސަލަތަކުގައި އިއްވާފައި އޮތް 33 އަހަރުގެ ޖަލު ޙުކުމްތައް މިއަދު ކޯޓުން ބާތިލު ކުރުމާއި ގުޅިގެން އަދީބު ވަނީ މިނިވަން ވެފައެވެ.

އެކަމާއި ގުޅިގެން އަދީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކުޑަ ގޮޅީގައި އެކަނި އަނދިރީގައި، ބަލި ހާލުގައި، އެތައް އަހަރުތަކެއް ވަންދެން އެންމެ ގިނައިން ކުރި ދުއާ އިޖާބު ކުށްދެއްވާ، އިންސާފު ހޯދައި ދެއްވާ އެބޭފުޅާގެ ސަލާމަތްކޮށްދެއްވި މާތްﷲއަށް ހަމްދާއި ޝުކުރު ކުރާ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް އިއްވާފައިވަނީ ޖުމްލަ ތިން ހުކުމެކެވެ. އެއީ އަލުން ބެލުމަށްޓަކައި މިއަދު ބާތިލުކުރި އަށް އަހަރުގެ ހުކުމުގެ އިތުރުން، ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި 10 އަހަރުގެ ހުކުމެއް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *